Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

އެމްޑީޕީ ކެނޑިޑޭޓްގެ ކެމްޕޭނަށް މޭޔަރު ނިޒާރު ކޮމަންޑޫއަށް ވަޑައިގެންފި

މޭޔަރު ނިޒާރު އެމްޑީޕީގެ ކެނޑިޑޭޓް އަދި ކެމްޕޭޓް ޓީމާ އެކު---

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ކޮމަންޑޫއަށް ވަޑައިގެންފިއެވެ.

މޭޔަރު ނިޒާރު މިއަދު ހެނދުނު ކޮމަންޑޫ އަށް ވަޑައިގެންފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދު އަދި ކެމްޕޭން ޓީމްގައި ހިމެނޭ އިތުރު ފަރާތްތަކާއެކުއެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕޭންގެ ފޯރި ގަދަވެފައިވާއިރު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާޙިމް ވެސް ވަނީ އެ ދާއިރާގެ ރަށްތަކަށް ކެމްޕޭނަށް ވަޑައިގެންފައެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސްއެވެ.

ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.