20،000 ކާށީގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ކޮލަމްބިއާއިން ބޭރުކުރަން އުޅެނިކޮށް އަތުލައިގެންފިއެވެ.
ކޮލަމްބިއާގެ ނެޝަނަލް ޕްރޮސެކިއުޓާގެ އޮފީހާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ އެ ޝިޕްމަންޓް ފެނިފައިވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޕެޝަލައިޒްޑް ޑައިރެކްޓްރޭޓް އެގެއިންސްޓް ޑްރަގް ޓްރެފިކިން އާއި ނެޝަނަލް ޕޮލިސް އެންޓި ނާކޮޓިކްސް ޑައިރެކްޓްރޭޓް ގުޅިގެން ހިންގި ކޯޑިނޭޓެޑް އިންވެސްޓިގޭޝަނެއްގެ ތެރެއިން ކަމަށެވެ.
މިތަކެތި އަތުލައިގެންފައިވަނީ ކޮލަމްބިއާއިން އިޓަލީއަށް އެތެރެކުރަން އުޅެނިކޮށެވެ.
މިތަކެތި އަތުލައިގެންފައިވަނީ ކޮންޓެއިނާއެއްގެ ތެރޭގައި ހުއްޓާ ކަމަށާއި، މަސްތުވާތަކެތި އަޅާފައިހުރި ކާށިތައް ފޮރުވާފައިހުރީ 504 ކެންވަސް ކޮތަޅު ތެރޭގައި ކަމަށް ކޮލަމްބިއާގެ އިދާރާތަކާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ކޮލަމްބިއާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން އަތުލައިގެންފައިވާ ކާށިތަކުގެ އެތެރެ ފުރާފައިވަނީ ލިކުއިޑް ކޮކެއިން އިންޖެކްޓް ކޮށްގެންނެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަން ދެނެގަތުމުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އަދި މިކަމުގެ މައުލޫމާތު އިޓަލީގެ އޮފިޝަލުންނަށްވެސް ހިއްސާކޮށްފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
މީގެކުރިން 2017 ވަނަ އަހަރުވެސް އިޓަލީއަށް ވައިގެމަގުން އެތެރެކުރި ކާށިތަކަކަށް ލިކުއިޑް ކޮކެއިން އިންޖެކްޓް ކޮށްފައިހުރިކަން އެނގުމުން އަތުލައިގެންފައިވެއެވެ.