Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ހިތަދޫ އަވަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބި ހުރި ގެތަކާއި ގޯތިތަކުގެ މައުލޫމާތު އެއްކުރަނީ

އައްޑޫ ސިޓީ ހިތަދޫ | ފޮޓޯ: އަލީ އިބްރާހިމް

އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބި ހުރި ގެތަކާއި ގޯތިތަކުގެ މައުލޫމާތު އެއްކުރަން ފަށައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން އައްޑޫ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި، ސަރުކާރުން ޕްރޮޖެކްޓް ޙަވާލުކުރެއްވި ކުންފުނިން މަސައްކަތް ފަށާފައިވާއިރު، ހިތަދޫ އަވަށުގެ ބައެއް ގެތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތުގެ ފުރަތަމަ ކަނެކްޝަން ގުޅާފައި ނެތްކަން ފާހަގަކުރެއްވިފައިވާކަމަށެވެ.

ކައުންސިލުން ބުނެފައިވަނީ މަގު ހެދުމުގެ ކުރިން ފެނާއި ނަރުދަމާގެ ކަނެކްޝަން ނުދެވި ހުރި ގެތަކަށް އެ ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، މަޢުލޫމާތު އެއްކުރުމަށް ބޭނުންވާކަމަށެވެ.

އެހެންކަމުން ފެނާއި ނަރުދަމާ ގުޅާފައިނުވާ ގެތަކާއި ހުސްގޯތިތަކާއި އަދި އިތުރު ކަނެކްޝަން ބޭނުންވާ ގެތަކާއި ހުސް ގޯތިތަކުގެ ނަމާއި ގޯތީގެ ވެރިފަރާތުގެ މައުލޫމާތު އެނގޭ ގޮތަށް އީމެއިލްގެ ([email protected]) ޒަރީއާއިން 2022 މާރިޗު 15 ވަނަދުވަހުގެ 14:00 ގެ ކުރިން ހިތަދޫ އަވަށު އޮފީހަށް މައުލޫމާތުހިއްސާކޮށްދިނުމަށް އައްޑުސިޓީ ކައުންސިލުން އެދިފައިވެއެވެ.