Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ރާއްޖެއާ ތުރުކީއާ ދެމެދު 5 އެއްބަސްވުމެއްގައި ސޮއި ކުރަނީ

ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއާ ތުރުކީއާ ދެމެދު ފަސް އެއްބަސްވުމުގެއްގައި ސޮއި ކުރުމަށް ނިންމާފައިވާކަން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ ތުރުކީގެ ފޮރިން މިނިސްޓަރު މަވްލޫތު ޗަވްސޯލޫ މާދަމާ ހެނދުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާނެ ކަމަށާއި އަދި އޭގެ ފަހުން ފޮރިން މިނިސްޓްރީގައި މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ބައްދަލުކުރައްވާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި ކުރިއަށްގެންދާ ރަސްމީ ވާހަކަތައް ކުރިއަށްގެންދާނެކަމަށާއި، އަދި އެއަށްފަހު ފަސް އެއްބަސްވުމެއްގައި ދެގައުމުގެ ދެމެދުގައި ސޮއިކުރެވޭނެކަމަށެވެ.

ރާއްޖެއަށް ތުރުކީއާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރީގެ ދާއިރާއާއި، ސަގާފަތާއި ތަރިކައިގެ ދާއިރާއާއި، ތިމާވެށީގެ ދާއިރާއާޢި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ޚާރިޖީ ދާއިރާއިން ގުޅުން ބަދަހި ކުރުމާބެހޭ އެއްބަސްވުންތަކެއްގައެވެ.

ތުރުކީގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިއީ ތުރުކީގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.