Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ކުނިތަކެއްގައި ރޯވެ އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ

ފޮޓޯ: އެމްއެންޑީއެފް

ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ކުނިތަކެއްގައި ރޯވެ އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރާއި 14 ވަަނަ ޓަވަރާއި ދެމެދުހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މެންދުރު 14:15 ހާއިރު ކަމަށްވެސް ބުނެފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކުނިތަކުގައި ދޭތެރެ ދޭތެރެއިން އަލިފާން ރޯވުމުގެ ހާދިސާތައް މެދުވެރިވެއެވެ.