ޖުވެނައިލް ޑިޓެންޝަން ސެންޓަރު ކ.ހިންމަފުށީ އައްސޭރި ޖަލުގައި ގާއިމު ކޮށްފިއެވެ.
ހޯމް މިނިސްޓްރީން ބުނެފައިވަނީ، ކުޑަކުދިންގެ އަދުލުގެ ޤާނޫނުގައި ބަޔާންކުރާ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ޤާއިމުކުރުމަށް ހޯމް މިނިސްޓްރީގެ މައްޗަށް ލާޒިމުކޮށްފައިވާތީ، ކ ހިންމަފުށީ އައްސޭރި ޖަލުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރު މިއަދު ޤާއިމު ކޮށްފައިވާކަމަށެވެ.
އަދި ޖުވަނައިލް ޑިޓެންޝަން ސެންޓަރު ހިންގަމުންދާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.
މީގެކުރިން ކުޑަކުދިން ބައިތިއްބާފައި ތިބި ކުޑަކުދިންގެ ޖަލަކީ އެކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަން އެޗްއާރްސީއެމުން ފާހަގަކޮށް އެ ކުދިން އޭރުތިބި ޖަލުގައި ބަންދު ނުކުރުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެޗްއާރްސީއެމަށް އަންގާފައިވެއެވެ.