Last Updated: June 12, 11:16
Friday, June 12, 2026
ސިއްހަތު

އަނބު: ހަމަށް ސަޅި ފަރުވާއެއް

އަނބަކީ މޭވާތަކުގެ ރަސްގެފާނު ކަމަށް ބައެއް މީހުން ބުނެ އެވެ. އަނބަށް މިހާ މަތީ މަގާމެއް ދެވެނީ އޭގެ ރަހަ މީރުކަމުން އެކަންޏެއް ނޫނެވެ.

އޭގައި ގިނަގުނަ ސިއްހީ ފައިދާތައް ވެސް އެކުލެވޭތީ އެވެ. މި މަޑުމަޑު އެހާމެ މީރު މޭވާގައި ހަންގަނޑަށް ފައިދާ ކުރާ ވަރަށް ގިނަ މާއްދާތައް އެކުލެވިގެންވެ އެވެ.

ވިޓަމިން އޭ ގިނަ އަދަދަކަށް އެކުލެވުމުގެ އިތުރުން އެންޓިއޮކްސިޑާންޓްސް ވެސް ގިނަ މޭވާއެކެވެ. މިއީ ހަންގަނޑު އަވަހަށް މުސްކުޅިވުމާ ދެކޮޅަށް ހަނގުރާމަކުރާ މާއްދާއެކެވެ.
އަދި ހަމުގެ ސެލްތައް އާކޮށްދީ ހަމުގައި ހުންނަ އިލާސްޓިކް ގޮތް ދަމަހައްޓައި ދިނުމަށް ވެސް އަނބުގެ ބޭނުންތެރިކަން ބޮޑެވެ.