Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ހާލަތަށް ބަދަލެއް ނާދޭ، 34 ރަށް މޮނިޓަރިންގައި

ފޮޓޯ: އައްޑޫލައިވް

ކޮވިޑް-19 އާ ގުޅިގެން މިވަގުތު ރާއްޖޭގެ 34 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މިއަދު ރ. އިނގުރައިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށާއި، އެއާއެކު މޮނިޓަރިންގެ ހާލަތުގައި ޖުމުލަ 34 ރަށެއް އޮތްކަމަށެވެ.

މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށަކީ ކ. މާފުށި، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ބ. ދަރަވަންދޫ، ދ. ބަނޑިދޫ، ލ. ގަން، ގދ. ގައްދޫ، ރ. އުނގޫފާރު، ހދ. ހަނިމާދޫ، ކ. ގުރައިދޫ، ބ. އޭދަފުށި، ހއ. ދިއްދޫ، ތ. ގުރައިދޫ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށި، ލ. ދަނބިދޫ، ލ. ހިތަދޫ، ށ. ކަނޑިތީމު، ވ. ކެޔޮދޫ، ނ. ކުޑަފަރި، ގދ. ތިނަދޫ، ގދ. މަޑަވެލި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ދ. ހުޅުދެލި، ގދ. ވާދޫ، ށ. މިލަންދޫ، ގއ. ކޮލަމާފުށި، ނ. މާޅެންދޫ، ބ. ކެންދޫ، ރ. ކިނޮޅަސް، ބ. ތުޅާދޫ އަދި ރ. އިނގުރައިދޫއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 136،126 އަށް އަރާފަ އެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 17،589 ކޭސް އެވެ. މި ބަލިން 118،249 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 53 މީހަކަށެވެ. މި ބަލީގައި 275 މީހަކު ވަނީ ނިޔާވެފައެވެ.