Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ވީއައިއޭގެ އާ ރަންވޭ، ޓެކްސީ ވޭ އެއްގެ ގޮތުގައި ބޭނުންކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ، ޓެކްސީ ވޭ އެއްގެ ގޮތުގައި ބޭނުންކުރަން ފެށުމަށް ނިންމައިފިއެވެ.

އެމްއޭސީއެލްއިން ބުނެފައިވަނީ އެއަރޕޯޓްގެ އާ ރަންވޭ މާދަމާއިން ފެށިގެން ޓެކްސީވޭއެއްގެ ގޮތުގައި ބޭނުން ކުރުމަށް ނިންމާފައިވާކަމަށެވެ.

ޓެކްސީ ވޭ އެއްގެ ގޮތުގައި އާ ރަންވޭ ބޭނުންކުރަން ފެށުމުން ގަޑިއިރަކު އެއާޕޯޓެއް ޖެއްސޭ ފްލައިޓްގެ އަދަދުވެސް ބޮޑުތަނުން އިތުރުވެގެންދާނެއެވެ.

ބޯޓުތައް ޖެއްސުމަށް އާ ރަންވޭ ބޭނުންކުރަން ފެށޭނީ އާ ސީޕްލޭން ޓާމިނަލަށް ހުރިހާ ހިދުމަތެއް ބަދަލުކޮށް ސީޕްލޭންގެ ހިދުމަތް ދިނުމަށް ކުރިން ބޭނުންކުރަމުން އައި އިމާރާތް ތަޅާލުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 60 މީޓަރު ހުންނަ ޒަމާނީ ރަންވޭގައި 200 މިލިމީޓަރު ބޯމިނުގައި ފައުންޑޭޝަން އަޅާފައިވާއިރު އެ މަޝްރޫއަކީ 400 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތަށް 650،000 އަކަ މީޓަރުގެ ސަރަހައްދެއް ހިއްކާފައިވެއެވެ.