Last Updated: July 19, 13:41
Sunday, July 19, 2026
ކުޅިވަރު

އާސެނަލް ދޫކޮށް އޮބާމަޔަން ބާސާ އަށް

އާސެނަލް އަށް ކުޅެމުން އައި ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން ބާސެލޯނާ އަށް ބަދަލުވެއްޖެ އެވެ.

އާސެނަލްގެ ކެޕްޓަންކަން ކުރަމުން އައި އުމުރުން 32 އަހަރުގެ އޮބާމަޔަން ބާސާ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އާސެނަލާ އެކު އޮބާމަޔަން ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާ ގޮތަށް އޮތް ނަމަވެސް ރޭ އެ ކޮންޓްރެކްޓް ވަނީ އުވާލާފަ އެވެ.

އޮބާމަޔަން އާސެނަލް ދޫކޮށްލިއިރު ޑިސިޕްލިނަރީ މައްސަލަތަކާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭގައި އާސެނަލް އިން ވަނީ އޭނާ ޓީމުން ބާކީކޮށް ކެޕްޓަންކަން ވެސް އަތުލާފަ އެވެ. އެގޮތުން މިވަގުތު ދުބާއީގައި ތަމްރީން ހަދަމުން އަންނަ އާސެނަލް ސްކޮޑުގައި ވެސް އޮބާމަޔަން ހިމަނާފައެއް ނުވެ އެވެ.

ރޭ ނިމުނު ޖެނުއަރީ ޓްރާންސްފާ މާކެޓުގައި އޮމާބަޔަން ހޯދަން ސައުދީ އަރަބިއްޔާގެ ކްލަބަކުން ވެސް މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް ސައުދީގެ އަލް ނަސްރުގެ ހުށަހެޅުމަށް އޭނާ ވަނީ ނޫނެކޭ ބުނެފަ އެވެ.

2018 ވަނަ އަހަރު ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑުން 56 މިލިއަން ޕައުންޑުގެ އަގަކަށް އާސެނަލްއާ ގުޅުނު އޮބާމަޔަން ވަނީ އެ ކްލަބަށް 163 މެޗު ކުޅެދީ 92 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އޭނާ ވަނީ އާސެނަލާ އެކު އެފްއޭކަޕެއް ވެސް ކާމިޔާބުކޮށްފަ އެވެ.