Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ރަސްމާދޫ ބަނދަރު މަސައްކަތް ނިމުމާ ގާތަށް

ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ، ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އެގޮތުން އެއްގަމުތޮށި ލުމަށްބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް 29 ޖެނުއަރީ 2022 ވަނަ ދުވަހު ނިމިފައިވާ ކަމަށާއި، ބޭރުތޮށި ލުމުގެ މަސައްކަތުގެ 82 ޕަސެންޓް ނިމިފައިވާއިރު ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 69 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 8100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަަސައްކަތް ހިމެނެއެވެ.

ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 28.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.