Last Updated: June 14, 23:25
Sunday, June 14, 2026
ޚަބަރު

އުރީދޫ އިންޓަނެޓްގެ ހިދުމަތަށް ބުރޫ އަރައިފި

ރާއްޖޭގައި އުރީދޫގެ އިންޓަނެޓްގެ ހިދުމަތަށް ބުރޫ އަރައިފިއެވެ.

މިއަދު ގާތްގަނޑަކަށް 12:00 އިން ފެށިގެން މެންދުރު 02:30 އާ ހަމައަށް އުރީދޫގެ ކަސްޓަމަރުންނަށް އިންޓަނެޓްގެ ހިދުމަތް ލިބުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވެއެވެ.

އެކަމާ ގުޅިގެން އުރީދޫން ބުނެފައިވަނީ، އިންޓަނެޓް ހިދުމަތަށް ބުރޫ އަރާފައިވަނީ އެ ކުންފުނީގެ ބައިނަލްއަގުވާމީ އައިއެސްޕީ ޕާޓްނަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

އުރީދޫން ވަނީ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފައެވެ. އަދި ދިމާވާ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައިވެއެވެ.