މިނިމަމް ވޭޖާއެކު ފެނަކައިގެ މުވައްޒަފުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފެނަކައިން ހާމަކޮށްފިއެވެ.
ފެނަކައިން ހާމަކޮށްފައިވާގޮތުން މިނިމަމް ވޭޖް ތަންފީޒު ކުރުމުން އެ ކުންފުނީގެ 3346 މުވައްޒަފެއްގެ މުސާރައަށް ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ.
އެގޮތުން މީގެކުރިން ބޭސިކް ސެލެރީއަށް 2800 ރުފިޔާ ލިބޭ މުވައްޒަފުންނަށް ނެޓް ސެލެރީގެ ގޮތުގައި 5590 ރުފިޔާ ލިބުނުއިރު، މިފަހަރު މިނިމަމް ވޭޖާއެކު ބޭސިކް ސެލެރީ 4650 އަށް ބަދަލުވެ ނެޓް ސެލެރީވަނީ 9222.83 ރުފިޔާއަށް ބޮޑުވެފައެވެ.
މިގޮތުން، ނިމި ދިޔަ ޖަނަވަރީ މަހުގެ މުސާރަ މިކުންފުނީގެ 3346 މުވައްޒަފަކަށް ލިިިިިބިގެންދިޔައީ މި އަމުރާއި އެއްގޮތަށް ކަން އުފަލާއިއެކު ފާހަގަކުރަން.
— Fenaka Corporation Ltd (@TeamFenaka) February 1, 2022
އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.