Last Updated: June 14, 23:25
Sunday, June 14, 2026
ޚަބަރު

ކޮވިޑްގައި ރާއްޖެއިން އިތުރު މަރެއް، ޖުމުލަ އަދަދު 278 އަށް

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ހުޅުމާޅެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

އެގޮތުން މަރުވެފައިވަނީ އުމުރުން 73 އަހަރުގެ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މިއާއެކު ރާއްޖޭގައި ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 278 ކަށް އަރާފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 141،060 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 17،743 ކޭސް އެވެ. މި ބަލިން 123،027 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 63 މީހަކަށެވެ.