އައްޑޫސިޓީން ކޮވިޑް-19 އަށް އިތުރު 93 މީހުން ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވާ ގޮތުގައި އިއްޔަ އިރުއޮށްސި 18:00 އާ ހަމައަށް އައްޑޫސިޓީން ކޮވިޑް-19ގެ އިތުރު 93 ކޭސްފެނިފައެވެ.
މިއާއެކު އައްޑޫގެ އެކްޓިވް ކޭސްގެ އަދަދު 810 އަށް އަރާފައިވާއިރު، އެންމެ ގިނަ އެކްޓިވް ކޭސްއެއް އޮތީ ހިތަދޫގައެވެ. ހިތަދޫގައި ބައްޔަށް ޕޮޒިޓިވް 365 މީހުން ތިބިއިރު، ފޭދޫގައި 125 މީހުން، މީދޫން 85 މީހުން، މަރަދޫއިން 93 މީހުން، ހުޅުދޫން 63 މީހުން އަދި މަރަދޫފޭދޫން 65 މީހުން ޕޮޒިޓިވްވެފައިވެއެވެ.
އައްޑޫގައި ކޮވިޑަށް ޕޮޒިޓިވް 2 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު މިހާތަނަށް އައްޑޫއިން 15 މީހުން މި ބަލީގައި އައްޑުއިން މަރުވެފައިވެއެވެ.