ހުޅުމާލެ ފްލެޓަކުން 1300 އަށްވުރެއް ގިނަ ޑޮލަރު (20،046 ރުފިޔާ) އަދި އިތުރު ސާމާނުތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލެ 113 ވަނަ ފްލެޓުން ވައްކަން ކޮށްފައިވާކަމުގެ މައުލޫމާތު ރޭ ދަންވަރު 03:19 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
އެގޮތުން އެ ފްލެޓުން 1300 އަށްވުރެއް ގިނަ ޑޮލަރާއި ތިން ފޯނު ވަގަށް ނަގާފައިވާކަމަށެވެ.
ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައިނުވާކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.