މާލޭގައި ބިދޭސީއަކު އޭނާގެ އަންހެނުންނަށް އަނިޔާކޮށް ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނެފައިވަނީ މާލޭ ގެއެއްގައި ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކޮށްފައިވާކަމުގެ މައްސަލައެއް މިއަދު ހެނދުނު 06:20 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި މައްސަލައިގައި އަނިޔާލިބުނު އަންހެންމީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންނަމަވެސް އަންހެން މީހާއަށް ލިބިފައިވާ އަނިޔާއެއް ހާމަކޮށްފައެއްނުވެއެވެ. ފުލުހުން ބުނެފައިވަނީ މިމައްސަލައިގައި އިތުރަށަ ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމެވެ.
މިހާދިސާއާ ގުޅިގެން ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން އަންހެން މީހާގެ ހެދުމުގައި ގިނަ އަދަދެއްގެ ލޭ ހުރި މަންޒަރު ފެނެއެވެ.