މިއަދު މާލޭގައި ބިދޭސީ އަންހެނަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި އޭނާގެ ފިރިމީހާ ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން 37 އަހަރުގެ އިންޑިއާ ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބުނެފައިވަނީ، މިހާތަނަށް ބެލިބެލުމުން ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ދެ މީހުންވެސް ޒަހަމްވެފައިވާއިރު ބޮޑެތި ޒަހަމްތަކެއް ލިބިފައިވަނީ އަންހެން މީހާއަށް ކަމަށެވެ. އަދި އަންހެން މީހާއަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށެވެ.
މިމައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.
ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކޮށްފައިވާކަމުގެ މައްސަލައެއްގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 06:20 ހާއިރު ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.