Last Updated: May 4, 18:12
Saturday, May 4, 2024
ޚަބަރު ރިޔާސީ ބަޔާން

ގެވެށި އަނިޔާއިން ރައްކާތެރިކަން ދޭނެ މަރުކަޒުތަކެއް ގާއިމު ކުރަނީ، އައްޑޫގައިވެސް މަރުކަޒެއް ގާއިމުކުރާނެ

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ގެވެށި އަނިޔާއިން ރައްކާތެރިކަން ދޭނެ މަރުކަޒުތަކެއް ގާއިމު ކުރުމަށް ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާމަކުރައްވައިފިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް ތިން މަރުކަޒެއް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

އެގޮތުން އެ މަރުކަޒުތައް ބިނާކުރުމަށް ނިންމާފައިވަނީ ރ. އުނގޫފާރު، ހުޅުމާލެ އަދި ސ. ހިތަދޫގައެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ރައްކާތެރިކަމާ، ދެވޭ ހިދުމަތް ހަރުދަނާކޮށް އާއިލީ ވެށީގެ ބައްޓަން އެކުދީންނާ ކައިރި ކޮށްދޭންޖެހޭ ކަމަށެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބޭތިއްބުމުގެ ހުރިހާ އިންތިޒާމެއްވެސް އަލުްނ މުރާޖާކޮށް ހަރުދަނާ ކުރަމުން އަންނަކަމަށވެެ.

ރައީސް ވިދާޅުވީ ވިލިމާލެ ކުޑަކުދިންގެ ހިޔާއާ ހުޅުމާލެ ފިޔަވަތިން އަތޮޅުތަކަށް ބަދަލުކުރެވުނު ކުދިންނަށް އިޖްތިމާއީ އާއިލީ ވެއްޓެއް ހޯދާދިނުމުގެ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން އަންނަކަަމަށެވެ.