Last Updated: May 4, 20:25
Saturday, May 4, 2024
ޚަބަރު ރިޔާސީ ބަޔާން

މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފިއެވެ.

2022 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ޓީޗަރުންނަށް އެކަށީގެންވާ މުސާރައެއް ދިނުމަކީ މިސަރުކާރުން ވެފައިވާ ވައުދެއް ކަމަށެވެ.

އެހެންކަމުން މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަންނަ މޭ މަހުން ފެށިގެން ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން. ިމބަދަލާއެކު، ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ. މިއީ 56 ޕަރސެންޓްގެ ކުރިއެރުމެއް." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ވިދާޅުވީ ނިމިދިޔަ އަހަރު 4,082 ޓީޗަރުންނަށް ބޭނުންވާ ތަފާތު ހުނަރާ ތަމްރީން އަދި 20 ޕްރިންސިޕަލަކަށް މާސްޓަރސް ފެންވަރަށް ތަމްރީންވުމަށް ރާއްޖެއިން ބޭރުން ފުރުޞަތު ހޯދާދެވިފައިވާކަމަށެވެ. އަދ މިކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ އުމްރާނީ ވަސީލަތް ސަރުކާރުން ބިނާ ކުރަމުން އަންނަކަމަށެވެ. އެގޮތުން މި ދައުރުގައި 23 ސްކޫލެއް އެއްދަންފަޅިއަށް މުޅިން އަލަށް ބަދަލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި ނިމިދިޔަ އަހަރު 22 ސްކޫލެއްގައި 117 ކްރާސް ރޫމާ ހަ މަލްޓިޕަރޕަސް ހޯލް އިމާރާތްކޮށް ނިންމުނު ކަމަށާއި، އަދި އިތުރު 55 ސްކޫލެއްގާ 473 ކްލާސްރޫމާ 27 މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް އެދަނީ ހިނގަމުން ކަމަށާއި މިކަމަށް ޖުމްލަ 941 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވިދާޅުވިއެވެ.