މާޗް މަހުން ފެށިގެން މިފްކޯއަށް މަސްގަންނަ އަގު ބޮޑުވާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
2022 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ ފާއިތުވެދިޔަ 15 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސް މިފްކޯއަށް ކިރުވީ ނިމިދިޔަ އަހަރު ކަމަށެވެ. އަދި ބާނާ މަހަށް ލަސްނުކޮށް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް މިހާރު އޮންނާނެކަމަށް ވިދާޅުވިއެވެ.
"އިރާދަ ކުރެއްވިއްޔާ އަންނަ މާޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯއަށް މަސްގަންނަ އަގު ބޮޑުވާނެ. ދެން މިފްކޮއިން މަސް ގަންނާނީ ދުނިޔޭގެ މާޒާރުގާ މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށް. ދުނިޔޭގެ ބާޒާރުގާ ބޮޑު އަގު ލިބޭނަމަ މިފްކޯއަށ ްގަންނަ މަހުގެ އަގު ބޮޑުވާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެއިތުރުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގޭނެ ކުންފުންޏަކަށް މިއަހަރުގެ މެދުތެރޭގައި މިފްކޯ ބަދަލުވެގެންދާނެ ކަމަށެވެ. އަދި 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމް ހަރުކުރުމަށް މިއަހަރުތެރޭގައި 59 މިލިއަލް ރުފިޔާގެ ލުއި ލޯނު ދޫކުރަންފަށާނެ ކަން ވެސް ފާހަގަކުރެއްވިއެވެ.