Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ކުރިން އިއްވި ރިޔާސީ ބަޔާންތަކުގައި ހުރި ކަންކަމުން ހާސިލުވީ ކިހާ މިންވަރެއް؟: ޝިޔާމް

މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ކުރިން އިއްވި ރިޔާސީ ބަޔާންތަކުގައި ހުރި ކަންކަމުގެ ތެރެއިން ހާސިލުވީ ކިހާމިންވަރެއްތޯ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު އުފައްދަވައިފިއެވެ.

ރިޔާސީ ބަޔާނާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ޝިޔާމް ވިދާޅުވީ، ރީތި ގޮތަކަށް ލިޔެ ބަޔާނެއް އިއްވިދާނެ ކަމަށާއި އަދި "ކޮނޑުހުޅު ދާވަރަށް ޕާޓީ މެމްބަރުންނަށް" އަތްވެސް ޖެހިދާނެކަމަށެވެ.

"މީގެކުރިން އިއްވި ބަޔާންތަކުގައި ކުރަން ވިދާޅުވި ކަންކަން ހާސިލުވީ ކިހާވަރެއްތޯ؟" ޝިޔާމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ޝިޔާމް ވަނީ ޤައުމުގެ ދަރަނި 100 ބިލިއަން ރުފިޔާ ކަޑަތު ކޮށްފައިވާކަން ފާހަގަކޮށް ތިން އަހަރުގެ ތެރޭގައި އެކަނިވެސް 48 ބިލިއަން ރުފިޔާގެ ދަރަނި މިސަރުކާރުން އުފައްދާފައިވާކަމަށް ވިދާޅުވެފައެވެ.

މިއަދު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުން އަންނަ އިނާޔަތްތައް އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ޓީޗަރުންގެ މުސާރަ ބޮޑުކޮށް މިފްކޯއިން ގަންނަ މަހުގެ އަގު ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.