Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ދެ ރައީސުންނަށް ކޮމަންޑޫއިން މަރުހަބާ ދެންނެވީ ޤާސިމް

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައީސް މުހައްމަދު ނަޝީދު ކޮމަންޑޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އެރަށުން ރައީސް ސޯލިހް އަދި ރައީސް ނަޝީދަށް މަރުހަބާ ދެންނެވި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ކޮމަންޑޫ ރައްޔިތުންނެވެ. ދެ ރައީސުންނަށްވެސް ކޮމަންޑޫއިން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސްއެވެ.

ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.