Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

މިއަދު އިއްވެވި ރިޔާސީ ބަޔާނަކީ މިހާތަނަށް އިއްވެވި އެންމެ ފުރިހަމަ އެއްބަޔާން: ގާސިމް

މިއަދުގެ މަޖިލީހުގައި ރައީސް ރިޔާސީ ބަޔާން އިއްވަވަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އިއްވެވި ރިޔާސީ ބަޔާނަކީ މިހާތަނަށް ރައީސުލް ޖުމްހޫރިއްޔާއަކު އިއްވެވި އެންމެ ފުރިހަމަ އެއް ރިޔާސީ ބަޔާން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕެއިން ޖަލްސާގައި ކޮމަންޑޫގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެ ބަޔާނުގެ ފުރިހަމަކަމަށްޓަކައި ރައީސަށް ޝުކުރު ދަންނަވާކަމަށެވެ.

"ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު އިއްވެވި އެންމެ ފުރިހަމަ އެއް ބަޔާން ތަކުގެ ތެރެއިން އެއްބަޔާނެއް ކަމުގައި މިއަދުގެ ރިޔާސީ ބަޔާން ވެގެންދާކަން އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާއެކު ފާހަގަކޮށް އެކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާއަށް ފަށް ފަށުން ޝުކުރު ދަންނަވަން. މަރުހަބާ ދަންނަވަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ އެ ބަޔާން އިއްވެވުމުގައި އެހީތެރިވެދެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޝުކުރު އަދާކުރައްވާފ އެވެ.

ރައީސް ސޯލިހް ރިޔާސީ ބަޔާނަށް ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސްވެސް ވަނީ ތައުރީފު ކުރައްވާފަ އެވެ. އެހެން ނަމަވެސް އެ ބަޔާނަށް އިދިކޮޅު ވަރަށް ބޮޑަށް ގެންދަނީ ފާޑު ކިޔަމުންނެވެ. އެ ގޮތުން އެއީ ރިޔާސީ ބަޔާނެއް ނޫން ކަމަށާއި އެއީ ސިޔާސީ ބަޔާނެއް ގޮތައް ޕީޕީއެމް އިން ވަނީ ސިފަ ކޮށްފަ އެވެ.