Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން، ދެ މީހުން ހައްޔަރު ކޮށްފި

އިސްކަންދަރު ސްކޫލް ސަރަހައްދުން ޒުވާނަކު ހައްޔަރު ކޮށްގެން ގެންދަނީ-- ފޮޓޯ: އަދަދު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓްފޮށި ބަހައްޓާފައި ހުރި އިސްކަންދަރު ސްކޫލް ބޭރުގައި އެމްޑީޕީ އަދި ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގައި ދެމީހަކު ހައްޔަރު ކޮށްފިއެވެ.

ވޯޓު ފޮށިތައް ބަންދުކުރުމަށް ކައިރިވެފައި ހުއްޓާ އިސްކަންދަރު ސްކޫލްކައިރީގައި ތިބި އެމްޑީޕީ އަދި ޕީޕީއެމް ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގައި ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވެއެވެ.

އެ ސަރަހައްދުގައި ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގަން ފެށުމުން ފުލުހުން ވަނީ އެ ސަރަހައްދުން ދެ ޒުވާނަކު ހައްޔަރުކޮށްގެން ގެންގޮސްފައެވެ. ފުލުހުން އެ މީހުން ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ބިޑިއަޅުވައިގެންނެވެ.

އިންތިހާބުގެ މިހާތަނަށް އައިރު ދެ އިންތިހާބީ ޝަކުވާއެއް ލިބިފައިވާ ކަމަށާއި ވޯޓުލުން ކުރިއަށްދަނީ ވަރަށް އޮމާންކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އިންތިހާބާ ބެހޭ ގޮތުން ޕީޕިއެމް އިން ވަނީ ޝަކުވާއެއް ހުށައަޅާފަ އެވެ.