Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

މަރޮށީގައި ބެހެއްޓި ފޮށިން ރާޝިދު ކުރި ހޯދައިފި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ށ. މަރޮށީގައި ބެހެއްޓި ވޯޓު ފޮށިން އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދު ކުރި ހޯދައިފިއެވެ.

މަރޮށީގެ ބެހެއްޓީ ވޯޓު ފޮށީގެ ވަގުތީ ނަތީޖާ:

1- މުހައްމަދު ރާޝިދު(އެމްޑީޕީ) – 161 ވޯޓް
2- މޫސާ ފަތުހީ (ޕީޕީއެމް) – 95 ވޯޓް
3- އަބްދުލް ހަންނާނު އިދްރީސް(އެމްއެންޕީ) – 37 ވޯޓް

މި އިންތިހާބުގައި ހަތް ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެއީ ކޮމަންޑޫގައި 2 ފޮށި، ފޯކައިދޫގައި 2 ފޮށި އަދި މަރޮށީގައި އެއް ފޮށި މީގެއިތުރުން މާލޭގައި 2 ފޮށި ބަހައްޓާފައިވެއެވެ. މާލޭ ދެ ފޮށި ބަހައްޓާފައިވަނީ އިސްކަންދަރު ސްކޫލުގަ އެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު:
ކޮމަންޑޫ: 1،406
މަރޮށި: 703
ފޯކައިދޫ: 1،201