Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ފޯކައިދޫގެ ފޮށިތަކުންވެސް ކުރި ހޯދީ ރާޝިދު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ފޯކައިދޫގައި ބެހެއްޓި ދެ ފޮށި އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝީދު ކާމިޔާބު ކޮށްފިއެވެ.

ފޯކައިދޫގައި ބެހެއްޓި ވޯޓް ފޮށި 1، ވަގުތީ ނަތީޖާ:

1- މުހައްމަދު ރާޝިދު(އެމްޑީޕީ) – 195 ވޯޓް
2- މޫސާ ފަތުހީ (ޕީޕީއެމް) – 202 ވޯޓް
3- އަބްދުލް ހަންނާނު އިދްރީސް(އެމްއެންޕީ) – 13 ވޯޓް

ފޯކައިދޫގައި ބެހެއްޓި ވޯޓް ފޮށި 2، ވަގުތީ ނަތީޖާ:

1- މުހައްމަދު ރާޝިދު(އެމްޑީޕީ) –223 ވޯޓް
2- މޫސާ ފަތުހީ (ޕީޕީއެމް) – 204 ވޯޓް
3- އަބްދުލް ހަންނާނު އިދްރީސް(އެމްއެންޕީ) – 11 ވޯޓް

ފޯކައިދޫގައި ބެހެއްޓި 2 ފޮށީގެ ޖުމުލަ، ވަގުތީ ނަތީޖާ:

1- މުހައްމަދު ރާޝިދު(އެމްޑީޕީ) – 418 ވޯޓް
2- މޫސާ ފަތުހީ (ޕީޕީއެމް) – 406 ވޯޓް
3- އަބްދުލް ހަންނާނު އިދްރީސް(އެމްއެންޕީ) – 24 ވޯޓް

މި އިންތިހާބުގައި މަރޮށީގައި ބެހެއްޓި ވޯޓުފޮށި އަދި ކޮމަންޑޫގައި ބެހެއްޓި ފޮށިތައްވެސް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދުއެވެ.

މި އިންތިހާބުގައި ހަތް ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެއީ ކޮމަންޑޫގައި 2 ފޮށި، ފޯކައިދޫގައި 2 ފޮށި އަދި މަރޮށީގައި އެއް ފޮށި މީގެއިތުރުން މާލޭގައި 2 ފޮށި ބަހައްޓާފައިވެއެވެ. މާލޭ ދެ ފޮށި ބަހައްޓާފައިވަނީ އިސްކަންދަރު ސްކޫލުގަ އެވެ.