Last Updated: July 27, 13:32
Monday, July 27, 2026
ޚަބަރު

މެމްބަރު ހަލީމްގެ ބައްޕާފުޅު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަޙުމަދު ހަލީމް (ދޮންބިލެތް) ގެ ބައްޕާފުޅު އަބްދުލްޤުއްދޫސް އިބްރާހީމް އަވަހާރަވެއްޖެއެވެ.

ގުއްދޫސް އަވަހާރަވެފައިވަނީ، ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދަނިކޮށް މިއަދު މެންދުރު އެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 82 އަހަރެވެ.

ގުއްދޫސްއަކީ ވިޔަފާރި އާއި ކުޅިވަރުގެ ރޮގުން ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ފަރާތެކެވެ.

ގުއްދޫސްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނަނީ މިރޭ 10:30ގައި އިސްލާމީ މަރުކަޒުގަ އެވެ.