Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ޓޫރިޒަމްގެ 40 އަހަރު ދައްކުވައިދޭ ފޮޓޯ މައުރަޒެއް ހުޅުވައިފި

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ 40 އަހަރު ދައްކައި ދޭ ފޮޓޯ މަައުރަޒު، ނައިބު ރައީސް މުޙަންމަދު ވަޙީދުއްދީން (ޑީން) މިއަދު ބައްލަވާލައްވައިފިއެވެ.

މިއަދު ހަވީރު ނެޝަނަލް އާޓް ގެލެރީގައި ހުޅުވި މި މަޢުރަޒަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް 40 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނިގެން ހުޅުވުނު މަޢުރަޒެކެވެ.

ޓޫރިޒަމްގައި މުޅި ދުނިޔެ އަށް މަޝްހޫރު ރާއްޖެ އަށް ޓޫރިޒަމް ތައާރަފްވީ 1972 ވަނަ އަހަރު އެވެ.