ސާޗް އިންޖީނެއްގެ ގޮތުގައި މިހާރު އެންމެ މަގުބޫލު ގޫލުލް "ކްރޯމް" ލޯގޯ އަށް އަށް އަހަރު ފަހުން ބަދަލެއް ގެންނަން ތައްޔާރުވެއްޖެ އެވެ.
ދެހާސް ސާދައިގައި ލޯގޯ އަށް ބަދަލު ގެނައި ފަހުން މި ފަހަރު ގެންނަ ބަދަލަކީ ފަސް ކުލައަކުން އިންނަ ލޯގޯގެ ވަށައިގެން އިންނަ ރީނދުލާއި ރަތާއި ފެހި ކުލައިގެ ބުރުގައި އިންނަ ހިޔަނި ނައްތާލައި ތިން ކުލަ ގުޅޭ ދިމާ އެއްކޮށް ފްލެޓްކުރުމެވެ. މި ބަދަލަކީ ބަލާލެލުމަށް މާ ބޮޑަށް އަޅައިގަންނަ ބަދަލަކަށް ނުވިޔަސް، އާ ބަދަލު އެކިއެކި އޮޕަރޭޓިން ސިސްޓަމްތަކުން ފެންނަ ގޮތަށް އެކި ވަރުގެ ތަފާތުތައް ފާހަގަކުރެވޭނެ ކަމަށް ގޫގުލް އިން ބުންޏެވެ.
"ކްރޯމް" ގެ ލޯގޯ އަށް ގެނައި ބަދަލު ގޫގުލް ކްރޯމްގެ ޑިޒައިނަރު އެލްވިން ހޫ ވެސް ޓްވިޓާގައި ހިއްސާކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބޭނުމަކީ ލޯގޯ އަށް ވީހާ ވެސް ސާދާކޮށް ބެހެއްޓުމެވެ. އަދި އޭގެ ސަބަބުން ލޮލަށް ފަސޭހަވުމާއި ޑިވައިސްތަކުގައި ހުންނަ ގިނަ އެޕްތަކާ "ކްރޯމް" ވަކިކުރަން ފަސޭހަވުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
Some of you might have noticed a new icon in Chrome’s Canary update today. Yes! we’re refreshing Chrome’s brand icons for the first time in 8 years. The new icons will start to appear across your devices soon. pic.twitter.com/aaaRRzFLI1
— Elvin 🌈 (@elvin_not_11) February 4, 2022
"ކްރޯމް" ވުޖޫދަށް އައީ 2008 ގަ އެވެ. އޭގެ ލޯގޯގެ ކުލަތަކުގެ ތެރޭގައި ފެއްސާއި ރަތާއި ރީނދޫގެ އިތުރުން ނުލައި ހުދު ވެސް ހިމެނެ އެވެ. ނުލާއި ހުދު އިންނަނީ އަނެއް ތިން ކުލައިގެ ތެރޭގައި ވައްބުރަކަށެވެ. މި ފަހަރު މި ގެންނަން ނިންމާފައިވާ ބަދަލުގެ ކުރިން "ކްރޯމް" ގެ ލޯގޯ އަށް އެންމެ ފަހުން ބަދަލެއް ގެނައީ 2011 ގަ އެވެ.
In the next few months, you’ll also start to see the refreshed version in app, on the web, and beyond. pic.twitter.com/tXlkejjLir
— Elvin 🌈 (@elvin_not_11) February 4, 2022
މިއަށް ގެންނަ އާ ބަދަލުކޮށް އާންމުކޮށް ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށް އެލްވިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އާ ބަދަލު ގިނަ ބަޔަކަށް ކަމުދާނެ ކަމަށް ގަބޫލުކުރާ ކަމަށާއި މިކަމަށް ކްރޯމް ބޭނުންކުރާ މީހުންގެ ހިޔާލާއި ލަފާ ވެސް ބޭނުންވާ ކަމަށެވެ. އަދި އާ ބަދަލަށް އާންމުންގެ ފަރާތުބް ލިބޭ ފީޑްބެކްތަކުގެ ބޭނުން ހިފާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ކްރޯމް" ބޭނުންކުރާ މީހުންގެ އަދަދު 3.2 ބިލިއަނަށް ވުރެ ގިނަ އެވެ.