މީގެ ދެ އަހަރު ކުރިން ނެރުނު އައިފޯން އެސްއީގެ އަގުހެޔޮ މުޅިން އާ މޮޑެލްއެއް އަންނަ މަހުގެ ތެރޭގައި ނެރެން އެޕަލް އިން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބްލޫމްބާގުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލް އިން 2020 ގައި ނެރުނު އައިފޯން އެސްއީ އަށް ވުރެ އަގު ހެޔޮ އަދި 5ޖީ ނެޓްވޯކާ ވެސް އެކު ނެރެން ނިންމާފައިވާ ފޯނަކީ ކުރީގެ މޮޑެލްއާ ދާދި އެއް ސިފައަކަށް އަދި އޭގެ ގިނަ ފީޗާތަކަކާ މުހިއްމު ބައެއް ބަދަލު ވެސް އެކުލެވޭނެ އެއްޗެކެވެ. އާ އައިފޯން އެސްއީ ނެރޭނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 8 ގަ އެވެ.
ބްލޫމްބާގުން ބުނެފައިވާ ގޮތުގައި އައިފޯން އެސްއީގެ އާ މޮޑެލްއެއް ނެރެން އެޕަލް އިން މަސައްކަތްކުރަނީ މިދިޔަ އަހަރު ނެރުނު އައިފޯން 13 ގެ ވެސް ކުރިން ފެށިގެންނެވެ. އެކަމަކު ބައެއް ސަބަބުތަކާ ހެދި އޭގެ މަސައްކަތް މަޑުޖައްސައިލީ އެވެ. ދެހާސް ވިހީގައި އެޕަލް އިން ނެރުނު އައިފޯންގެ އަގަކީ 399 ޑޮލަރު (6,164ރ.) އެވެ.
Apple plans to announce the 5G iPhone SE and a new iPad Air at an event currently scheduled for March 8th. Apple also plans to release iOS 15.4 in the first half of March. https://t.co/GB3dJOSUw8
— Mark Gurman (@markgurman) February 4, 2022
އަންނަ މަހުގެ 8 ގައި އެޕަލް އިން ބާއްވަން ތައްޔާރުވާ އިވެންޓްގައި އިތުރު އުފެއްދުނެއް ވެސް ދައްކައިލާނެ އެވެ. އޭގެ ތެރޭގައި 5ޖީއާ އެކު ނެރޭ އައިޕެޑް އެއާގެ އާ މޮޑެލްއެއް ހިމެނެ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން އެޕަލް އިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެޕަލް އިން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އައިފޯން 14 ވެސް ދައްކައިލާނެ އެވެ.