މިދިޔަ އަހަރު ކުށުގެ ތުހުމަތުގައި ބަންދުކޮށް ހައްޔަރުކުރި މީހުންގެ ތެރެއިން 86 އިންސައްތަ މީހުން ބަންދު ކުރުމަށް އަމުރުކުރިކަން ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުން ދައްކައިފި އެވެ.
ކްރިމިނަލް ކޯޓުން އެކޯޓުގެ 2021 ވަނަ އަހަރުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ ނުވަތަ ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަސައްކަތްތަކުގެ ތަފާސްހިސާބުވެސް އާންމުކޮށްފައިވެ އެވެ.
އެ ތަފާސްހިސާބަށް ބަލާއިރު 2021 ވަނަ އަހަރު ޖުމުލަ 2،722 މީހުންގެ ބަންދު އިތުރުކުރުމާބެހޭ މަސައްކަތް ކްރިމިނަލް ކޯޓުން ކޮށްފައިވެއެވެ.
އޭގެތެރެއިން 86 އިންސައްތަ މީހުން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއިރު ބަންދުން ދޫކޮށްލާފައިވަނީ 14 އިންސައްތަ މީހުންގެ އެވެ.
ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ އަދަދު އިތުރުވެ، އަދި ޝަރީއަތް ނިމެންދެން ބަންދުކުރެވޭ މީހުންގެ އަދަދު އިތުރުވެ އެމީހުންގެ ޝަރީއަތްތައް ނުނިމި ދިގުލާ މައްސަލަ ބޮޑުވެ ގިނަ ފަރާތްތަކުން މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އެކަން ހައްލުކުރުމަށް ޤާނޫނަށް އިސްލާހު ގެނެސްފައިވެސް ވެއެވެ. އެހެންނަމަވެސް އެކަމުގައި އެންމެ އެދޭވޭ ބަދަލެއް އައިސްފައިވާކަމަށް ގިނަ ފަރާތްތަކަކުން ނުދެކެއެވެ. މި