ސ. ހުޅުދޫ ކުރީގެ ބަނދަރުން ހިއްކަން ހަމަޖެއްސި ހިސާބު ހިއްކައި ނިންމާލައިފި އެވެ.
އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ނަގާފައިވާ ވެލިން ބަނދަރުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިއްކާ ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން އާ ބަނދަރުގެ ބޭސިން ފުންކުރުމުގެ 75 އިންސައްތަ އަދި އައު ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ 67 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ.
ސ.ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ނެގިފައިވާ ވެލިން ސ.ހުޅުދޫގެ ކުރީގެ ބަނދަރުން ހިއްކުމަށް ހަމަޖެހިފައިވާ ބިން ވަނީ މިހާރު ހިއްކާ ނިމިފައެވެ. އަދި އައު ހާބަރ ބޭސިން އާއި އައު ނެރު ފުންކުރުމުގެ %75 އަދި %67 މަސައްކަތްވެސް ވަނީ ފުރިހަމަކުރެވިފައެވެ. pic.twitter.com/flJHy18YXx
— MTCC Plc (@MTCCPlc) February 6, 2022
ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 471,380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 1788 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މިއީ 68.80 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.