Last Updated: May 3, 22:21
Saturday, May 4, 2024
ޚަބަރު

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހުޅުވާލައިފި

"އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" ގެ ދަށުން އެހީތެރިކަން ބޭނުންވާ ޕްރޮޖެކްޓުތަކަށް ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހުޅުވާލައިފި އެވެ.

ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ތައުލީމާއި ކުޅިވަރާއި ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމާ ގުޅުވައިގެން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ވާން ޖެހެ އެވެ. ފަންޑަށް އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ ޖަމިއްޔާތަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ.

ގައުމީ ބޭންކްގެ މި ކުއާޓަރުގައި ހޮވޭލެވޭ ފަސް ޕްރޮޖެކްޓުގެ ތެރެއިން ކޮންމެ ޕްރޮޖެކްޓެއް ހިންގަން 50،000ރ. ދޭނެ އެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 27 ވަނަ ދުވަހެވެ. އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް ހުށަހަޅާނީ community@bml.com.mv މި މެއިލް މެދުވެރިކޮށެވެ.

މި އަހަރުގެ ހަތަރު ކުއާޓަރުގައި 20 ޕްރޮޖެކްޓެއް ހިންގަން ބޭންކުން އެހީތެރިކަން ދޭނެ އެވެ.

"އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި 60 ޕްރޮޖެކްޓެއް ހިންގާފައިވެ އެވެ.