Last Updated: March 29, 02:52
Friday, March 29, 2024
ދީން

ކައުބާގެ ކުޑަ ތައާރަފެއް

އަހަރަކު އެއްފަ ހަރު އެތައް ލައްކަ މުސްލިމުންނެއް އެ ޙަރަމްފުޅަކަށް ގޮސް ޙައްޖުވާ ގެފުޅަކީ ދުނިޔޭގެ އެހެން މިސްކިތްތަކާ ތަންތަނަށް ވުރެ ފުރިހަމަ އަށް ބިނާ ކުރެވިފައިވާ ތާރީޚީ ބިނާއެކެވެ.

މީގެ އެތައް ހާސް އަހަރެއް ކުރިން ހެދިފައިވާ މި ބިނާ އަށް ވުރެ ދުވަސްވީ އެހެން ބިނާއެއް ދުނިޔޭގައި ހުރި ކަމަކަށް ނުވެ އެވެ. ގެފުޅުގެ ޙަރަމްފުޅު ވަނީ އެކި ފަހަރު މަތިން ބޮޑު ކުރެވި ޒީނަތްތެރި ކުރެވިފަ އެވެ.

ގެފުޅުގައި އެންމެ ޒީނަތްތެރިކޮށް ހެދިފައިވާ ތަނަކީ ކައުބާ އެވެ. ކައުބާ ވަށައިގެން ކަޅުކުލައިން އެވަނީ ކިސްވާ (އުރަކޮޅު) އެވެ.

ކިސްވާއަކީ އަހަރަކު އެއް ފަހަރު ބަދަލު ކުރާ އެއްޗެކެވެ. ޚާއްޞަ ފެކްޓްރީއަކުން ޑިޒައިން ކުރާ ކިސްވާ ތައްޔާރު ކުރަނީ ވެސް މައްކާގަ އެވެ.
ކިސްވާ ތައްޔާރު ކުރުމަށް ގާތްގަނޑަކަށް މިލިއަން ސަޢުދީ ރިއާލް ޚަރަދުވެ އެވެ. ކިސްވާ ތައްޔާރު ކުރުމަށް 670 ކިލޯ ޑައިކޮށްފައިވާ ކަޅު ރިއްސާއި 120 ކިލޯގެ ރަނާއި އަދި ޤުރުއާނުގެ އާޔަތްތައް ލިޔުމަށް 50 ކިލޯގެ ރިހި ބޭނުންކޮށްފައިވާ ކަމަށްވެ އެވެ. ކިސްވާގެ ބޮޑު މިނަކީ 658 ސްކެއާ މީޓަރެވެ.