Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ކޮވިޑްގައި އިތުރު މަރެއް، ޖުމުލަ 284 އަށް

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ރޭ 08:50 ހާއިރު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 67 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނި 284 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް-19 ގައި މިހާތަނަށް ޖުމުލަ 150،337 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އެކްޓިވް ކޭސްގެ އަދަދު ވަނީ 17،169 އަށް އަރާފައެވެ. މިހާނަތަށް ބަލި ޖެހުނު މީހުންގެ ތެރެއިން 132،872 މީހުން ބަލިން ރަނގަޅު ވެފައިވާކަމަށް އެޗްޕީއޭއިން އެންމެ ފަހުން ހާމަކުރި މައުލޫމާތު ތަކުން ދައްކައެވެ.