Last Updated: May 4, 16:10
Saturday, May 4, 2024
ޚަބަރު

"އިންސާފު ލިބޭނީ ބަޣާވާތުގެ ވެރިން ދަންޖައްސައިގެން"

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން މީގެ 10 އަހަރު ކުރިން ވައްޓައިލީ ބައާވާތަކުން ކަމަށާއި އެހެންވެ އެކަމަށް އިންސާފު ލިބުނު ކަމަށްވާނީ ބައާވާތުގެ ވެރިން ދަންޖައްސައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ ވިދާޅުވީ ފެބްރުއަރީ 7، 2012 ގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގައިދިޔަ ކަންކަމަކީ ދިވެހި ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި ދުވަހާ ވިދިގެން އައި ދުވަހު ދުވަހު އެމްޑީޕީގެ ސަޕޯޓަރުން މުޒާހަރާކުރުމުން ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތައް ވެސް ބަލައިނުގަނެވޭނެ ކަމަށް ނާޒިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކަމެއް ހިނގިތާ 10 އަހަރު ވިޔަސް ލިބުބު ގެއްލުންތަކުން ގައުމަށް އަރައިނުގަނެވޭ ކަމަށެވެ. އެހެންވެ އެކަމަށް އިންސާފު ނުލިބޭއިރު، އިންސާފު ލިބެން އޮތީ އެ ކަމުގައި އިސްކޮށް އުޅުނު މީހުން ދަން ޖައްސައިގެން ކަމަށް ތަކުރާރުކޮށް އޭނާ ނާޒިލް ވިދާޅުވިއެވެ.

"ބަޣާވާތުގެ ވެރީން ދަން ޖައްސަން، އެ ކަމެއް ނުކުރެވުނު، އެ ވެރީން ދަން ޖެއްސިނަމަ އިންސާފު ލިބިގެން ދިޔައީސް." އޭނާ ވިދާޅުވި އެވެ.