Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އިތުރު 15 އެމްބިއުލާންސް ގެނެސްފި

އެމްބިއުލާންސްގެ ދަތިކަން ދިމާވެފައިވާ ރަށްރަށަށް އެމްބިއުލާންސް ފޯރުކޮށްދޭން ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން މިއަދު އަނެއްކާ ވެސް އިތުރު އެމްބިއުލާންސްތަކެއް ގެނެސްފި އެވެ.

ހެލްތު މިނިސްޓްރީން މި ތަކެތި ގެނައުމުގެ ގެންނަނީ ސަރުކާރުގެ ވިޔަފާރި، ކުންފުނި އެސްޓީއޯ ހަވާލުކޮށްގެންނެވެ. އެގޮތުން އެމްބިއުލާންސްގެ ގެންނަން ފެށި ތިން ވަނަ ބުރުގައި އިތުރު 15 އެމްބިއުލާންސް ގެނެސްފައިވެ އެވެ. ހެލްތު މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ އެ ތަކެތި ފޮނުވަން ޖެހޭ ރަށްރަށަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ.

އެސްޓީއޯއާ ހަވާލުކޮށްގެން މިހާތަނަށް 41 އެމްބިއުލާންސް ގެނެސްފައިވާ އިރު، އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 96 އެމްބިއުލާންސެއް ގެންނާށެވެ.

މިއަދު ގެނައި 15 އެމްބިއުލާންސްގެ ކުރިން އެންމެ ފަހުން އެމްބިއުލާންސްތަކެއް ގެނައީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ ފަހަރު ގެނައި 20 އެމްބިއުލާންސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތްކުރީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭރު އެމްބިއުލާންސްތައް ފޮނުވި ރަށްތަކަކީ ހދ. ކުމުންދޫ، ށ. ބިލެތްފަހި، ށ. ނަރުދޫ، ނ. ފޮއްދޫ، ށ. ކުޑަފަރި، ބ. ކެންދޫ، އއ. މަތިވެރި، އދ. މަންދޫ، އދ. ފެންފުށި، ފ. ފީއަލި، މ. ކޮޅުފުށި، ތ. ވަންދޫ، ތ. ބުރުނި، ތ. ދިޔަމިގިލި، ލ. ކުނަހަންދޫ، ގއ. ކޮލަމާފުށި، ގއ. ނިލަންދޫ، ގދ. ރަތަފަންދޫ، އއ. ބޮޑުފޮޅުދޫ އަދި މ. ދިއްގަރެވެ.