Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

ރާޝިދު މެމްބަރުކަމުގެ ހުވާކޮށް ޖަލްސާގައި

ކޮމަންޑޫ ދާއިރާގެ މެމްބަރުކަމަށް އިންތިހާބުވި އެމްޑީޕީގެ މެމްބަރު މުހައްމަދު ރާޝިދު މެމްބަރު ކަމުގެ ހުވާކޮށްފިއެވެ.

ރާޝިދު މެމްބަރުކަމުގެ ހުވާކުރެއްވީ މިއަދު ހެނދުނުއެވެ. މެމްބަރުކަމުގެ ހުވާ ކުރެއްވުމަށްފަހު ރާޝިދު ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.

މެމްބަރުކަމުގެ ހުވާ ކުރައްވާ ރާޝިދު ޖަލްސާގައި ބައިވެރިވެވަޑައިގަތުމުން ރައީސް މުހައްމަދު ނަޝީދު ވަނީ ރާޝިދަށް މަރުހަބާ ދަންނަވާފައެވެ.

ރާޝިދު މެމްބަރު ކަމުގެ ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތު– ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާޝިދު ބައި އިލެކްޝަން ކާމިޔާބުކުރެއްވީ ޕީޕިއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާއި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން ވާދަކުރެއްވަ އެވެ. އިންތިހާބު ރާޝިދު ކާމިޔާބުކުރެއްވީ 1،401 ވޯޓާ އެކީގަ އެވެ. ފަތުހީ އަށް 1،161 ވޯޓް ލިބިވަޑައިގަތް އިރު، ހަންނާނަށް ލިބިވަޑައިގަތީ 232 ވޯޓެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވީ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު ކެންސަރު ބަލީގައި ޑިސެމްބަރު މަހުގެ 14 ގައި އަވަހާރަވުމާ ގުޅިގެންނެވެ.