ދޫނިތައް މަރާލި މައްސަލައިގައި ތަފްސީލީ ރިޕޯޓެއް ހުށަހެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފިޝަރީޒް މިނިސްޓްރީއަށް އަންގަވައިފިއެވެ.
ރާއްޖެ އެތެރެކުރި 130 ދޫނި ފިޝަރީޒް މިނިސްޓްރީން މަރާލައިފައިވަނީ އިއްޔަގެ ވަގުތެއްގައެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ދޫނިތައް މަރާލުމުގެ މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓެއް ހުށަހެޅުމަށް ފިޝަރީޒް މިނިސްޓްރީއަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަމަށެވެ.
ދޫނިތައް މަރާލި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާ އެ މައްސަލަ ބެލުމަށް ގޮވާލާފައެވެ.
ފިޝަރީޒް މިނިސްޓްރީން އެ ދޫނިތައް އިއްޔަ މަރާލާފައިވަނީ އެ މައްސަލަ މިދިޔަ އާދީއްތަ ދުވަހު ސިވިލް ކޯޓަށްވެސް ހުށަހަޅާފައިވަނިކޮށެވެ.