Last Updated: June 27, 20:02
Saturday, June 27, 2026
ވިޔަފާރި

ޗުއްޓީ އަށް ދާންވީ އައްޑޫ ސައުތު ޕާމް ރިސޯޓަށް

އައްޑޫގައި ހިންގާ ސައުތު ޕާމް ރިސޯޓް މޯލްޑިވްސް އިން ދިވެހިންނަށް ހާއްސަ އޮފާއެއް ހުޅުވާލައިފި އެވެ.

ހުޅުމީދޫ ކައިރީގައި ތަރައްގީކޮށްފައިވާ މި ހިތްގައިމު ރިސޯޓުން ބުނީ ދިވެހިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންނަށް ވެސް މި އޮފާގެ ދަށުން ހެޔޮ އަގުތަކެއްގައި ޗުއްޓީ ހޭދަކޮށްލެވޭނެ ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތާއި ރިޒަވަޝަން ރިސޯޓްގެ 6890010 އަށް ގުޅައިގެން ހަމަޖައްސޭނެ އެވެ.

ސައުތު ޕާމަކީ އައްޑޫގައި ހުޅުވި ތިން ވަނަ ރިސޯޓެވެ. އެތަން އޮޕަރޭޓްކުރަން ފެށީ 2018 ގަ އެވެ.