Last Updated: July 22, 12:00
Wednesday, July 22, 2026
މީހުން

ޝެއިހް ވަލީދުގެ ތަގުގީރު މިރޭ

ކެނެޑާގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޝެއިހް ވަލީދް އަބްދުލް ހަކީމް އައްޑޫގައި ދެއްވާ ތަގުގީރު މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އައްޑޫގެ ޖަމިއްޔާއެއް ކަމަށްވާ ނޫރުލް އިސްލާމުން ބުނީ ޝެއިހް ވަލީދުގެ ތަގުރީރު އޮންނާނީ ހިތަދޫ ޝަރަފުއްދީ ސްކޫލްގައި ކަމަށެވެ. ފެށޭ ގަޑިއަކީ 8:30 އެވެ.

އެހެންވެ ޝެއިހް ވަލީދުގެ ތަގުރީރު އަޑު އެހުމަށް ވީހާ ވެސް ގިނަ ބަޔަކު ދިއުމަށް ނޫރުލް އިސްލާމުން ވަނީ އެދިފަ އެވެ.

"ދަތުރު ކުރާ ޝެއިހް" ގެ ނަމުން މަޝްހޫރު ޝެއިހް ވަލީދު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ މި ދަތުރަކީ ޖަމިއްޔަތުލް ސަލަފާ ގުޅިގެން ކުރައްވާ ދަތުރެކެވެ.

އޭނާއަކީ މަދީނާ އިންޓަނެޝަނަލް ޔުނިވާސިޓީގައި އިސްލާމިކް ސްޓަޑީޒް އިން މާސްޓާސް އަދި ޕީއެޗްޑީ ހައްދަވަމުންދާ ގެންދަވާ ބޭފުޅެކެވެ.