Last Updated: June 27, 20:02
Saturday, June 27, 2026
ވިޔަފާރި

އެސްޓީއޯގެ "ރަމަޒާން ބާޒާރު" ފަށައިފި

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން ކުރިއަށް ގެންދާ "ރަމަޒާން ބާޒާރު" ގެ މި އަހަރުގެ ސޭލް މިއަދު ފަށައިފި އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި މީގައި މާލޭގައި ހުންނަ އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނަ ގިނަ ތަކެތިން ބޮޑެތި ބޮޑު ޑިސްކައުންޓްތަކެއް ލިބޭނެ އެވެ. އަދި "ރަމަޒާން ބާޒާރު" އެސްޓީއޯގެ ހުރިހާ އައުޓްލެޓްކެއްގައި ކުުރިއަށް ދާނެ އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯގެ އަތޮޅުތެރޭގެ ތަންތަނުން ވިއްކާ މުދަލުން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ވިޔަފާރިކުރާ މީހުންނަށް މި އަހަރު ޑިޖިޓަލް ކޫޕަނެއް ދޫކުރާނެ އެވެ.

އެގޮތުން މިއަދުން ފެށިގެން އެޕްރިލް މަހުގެ 30 އާ ހަމައަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ތެރޭގައި ކޮންމެ ހަފުތާއަކު ނަސީބުވެރިއަކު ހޮވައި، މުޅި ޕްރޮމޯޝަނުން 11 ނަސީބުވެރިން ހޮވަން ނިންމާފައިވެ އެވެ.