Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

ނޭޓޯގެ ހަތިޔާރު ޕާކިސްތާނުން ބޭނުންކުރާ ވާހަކަ ދޮގުކޮށްފި

އަފްޣާނިސްތާނުގައި ހުރި ނޭޓޯގެ ހަތިޔާރު ޕާކިސްތާނުން ބޭނުންކުރާކަމަށް ދެކެވޭ ވާހަކަތައް ތާލިބާނުން ދޮގުކޮށްފިއެވެ.

ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު ޝެއިހް ރަޝީދް އަހުމަދާ ހަވާލާދީ ޕާކިސްތާންގެ މީޑިއާތަކުން ބުނެފައިވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން އަންނަ ތާލިބާނުންގެ ގްރޫޕެއް ކަމަށްވާ 'ތެހްރީކީ-ތާލިބާން ޕާކިސްތާން' އިން ޕާކިސްތާނަށް އަމާޒުކޮށް ހަމަލާ ދެމުން އަންނަކަމަށެވެ.

އެ ގްރޫޕަށް އަމާޒުކޮށް ޕާކިސްތާނުގެ އަސްކަރިއްޔާއިން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް ޕާކިސްތާންގެ އިންޓީރިއާ މިނިސްޓްރު ވިދާޅުވެފައިވަނީ، ޕާކިސްތާންގެ އަސްކަރިއްޔާއިން، ނޭޓޯއިން އަފްޣާނިސްތާނުގައި ދޫކޮށްފައިދިޔަ ހަތިޔާރާއި އާލާތްތައް ބޭނުންކުރަމުން އަންނަކަމެވެ.

އެހެންނަމަވެސް ތާލިބާނުންވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. އެގޮތުން ތާލިބާނުންގެ ޑެޕިއުޓީ ސްޕޯކްސްޕާސަނަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ، އަފްޣާނިސްތާޏުގައި ހުރި ނޭޓޯގެ އެއްވެސް ހަތިޔާރެއްވެސް އަދި އިތުރު އާލާތެއްވެސް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބޭނުން ނުކުރާކަމަށެވެ. އަދި އަފްޣާނިސްތާނަކީ އެހެން ގައުމުތަކަށް އޮތް ބިރެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.