އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ އިންޝުއަރެންސަށް ޕްރޮޕޯސަލް އަށް ހުށަހެޅުމުގެ ފުރުސަތު އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން މިއަދު ހުޅުވާލައިފި އެވެ.
އެތަނުން ބުނީ އެއް އަހަރުގެ މުއްދަތަށް އެއާޕޯޓްގެ "ލައިބިލިޓީ އިންޝުއަރެންސް" އާއި "ޕްރޮޕަޓީ އޯލް ރިސްކް އެންޑް ބިޒްނެސް އިންޓަރެޕްޝަން އިންޝުއަރެންސް" ގެ އިތުރުން "ޓެރަރިޒަމް އިންޝުއަރެންސް" ފޯރުކޮށްދޭން ޝައުގުވެރިވާ ދިވެހި ކުންފުނިތަކަށް އަންނަ މަހުގެ 1 އާ ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ހުޅުވުން ވެސް އޮންނާނީ ހަމަ އެ ތާރީހުގަ އެވެ.
މިކަމަށް މި މަހުގެ 15 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހެ އެވެ. އަދި މިކަމާ ބެހޭ މައުލޫމާތު މި މަހުގެ 22 ގައި ދިނުން އޮންނާނެ އެވެ. އިތުރު މައުލޫމާތު 6898214 މި ނަމްބަރަށް ގުޅައިގެން މިހާރު ސާފުކުރެވޭނެ އެވެ.