ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އަދި އަނބިކަނބަލުން ފަޒްނާ އަހްމަދު ނުރަސްމީ ދަތުރުފުޅުގައި ސިންގަޕޫރަށް ފުރާވަޑައިގެންފައިވަނީ މިއަދު ކަމަށެވެ.
މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.