Last Updated: June 23, 10:51
Tuesday, June 23, 2026
ވިޔަފާރި

ޓޫރިޒަމް ދާއިރާ އިން އާ އެވޯޑްތަކެއް ދެނީ

ޓޫރިޒަމް ދާއިރާ އަށް ހާއްސަކޮށްގެން މި އަހަރުން ފެށިގެން އަހަރީ އާ އެވޯޑްތަކެއް ދޭން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ވެސް ފުރޭ އަހަރާ ދިމާކޮށް ތައާރަފުކުރާ މި އެވޯޑްތަކުގެ ތެރޭގައި ހިމެނެނީ އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަންތައްތައް ފަހިކޮށްދިނުމަށް ދޭ ހަތަރު އެވޯޑަކާއި ދިވެހި ފަންނާނުން ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ތިން އެވޯޑަކާއި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ އެވޯޑެކެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެވޯޑްތަކަށް ކުރިމަތިލާން ޖޫން މަހުގެ ތެރޭގައި ހުޅުވައިލާނެ

މީގެ އިތުރުން ޓޫރިޒަމް ދާއިރާ އަށް މީހުން ބިނާކުރަން ބާރު އެޅުމުގެ ގޮތުން ދޭ އެވޯޑަކާއި އަންހެނުންނަށް ވަޒީފާ ފަހިކޮށްދޭން މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެވޯޑެއްގެ އިތުރުން ދިވެހި އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް ކަނޑައަޅާފައިވާ އެވޯޑެއް ވެސް އާ އެވޯޑްތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އެވޯޑްތައް ދޭނީ ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން އަމިއްލަ އަށް ހުށައެޅުމުން ފޯމުތައް އިވެލުއޭޓްކުރުމަށް ފަހު އެވެ. މި އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި އަހަރުގެ ޖޫން މަހު ހުޅުވާލާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އެވޯޑްތަކަށް ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓް ހައުސްތަކާއި ސަފާރީތަކަށް ވެސް ކުރިމަތިލެވޭނެ އެވެ. މިނިސް