ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފުލުހުން 13 އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެނގިފައިވާ ގޮތުގައި އެ މީހާ އަކީ ކުއްޖާގެ ދޮންބައްޕަ އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާގެ ބަންދަށް ކޯޓުން 10 ދުވަހުގެ މުއްދަތެއް ވެސް ދީފައިވެ އެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެ، މިކަމާ ގުޅިގެން އަޑު އުފުލާ ފަރާތްތައް ވެސް ގިނަ އެވެ.