ފްލޯޓިން ސިޓީގެ ގެތަކެއް އެޅުމަށް ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފި އެވެ.
އެތަން ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުނިން އެ ގެތަށް އެޅުމަށް ބައިސަން މޯލްޑިވްސްއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ ބްރާސްފަތި ދުވަހު އެވެ.
ގެތައް އެޅުމަށް ހަވާލުކޮށްފައިވާ ބައިސަންއިން ބުނެފައި ވަނީ މީގެ ފުރަތަމަ ގެތައް ނިންމާލެވޭނީ ރޯދައިގެ ފަހަށް ކަމަށެވެ. އަދި އެ ގެތަކުގެ މަސައްކަތް ނިމުމުން އާންމުންނަށް އެތަން ބަލާލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ބައިސަން އިން ބުނެފައިވެ އެވެ.
މާލެއިން ފުރައިގެން ފަސް މިނެޓްތެރޭ ދެވޭ ފަޅެއްގައި ފްލޯޓިން ސިޓީ އެޅުމަށް ނިންމާފައިވާއިރު މުޅިއެކު 5،000 ގެ އެތަނުގައި އެޅުމަށް ވަނީ ނިންމައިފަ އެވެ.