ބައެއް ދާއިރާތަކުގެ ޕްރޮޖެކްޓްތައް ދަނީ ފިނިހަކަ ސްޕީޑްގައި ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ފެނަކައިގެ އެމްޑީ އަހުމަދު ސައީދު ޓެގް ކުރައްވާ ރާއީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތު ފަހަނައަޅާ ދާއިރު ގިނަ މަސައްކަތްތައް ހުންނަނީ ހުއްޓިފައިކަމަށެވެ. އަދި މަސައްކަތްތައް ކުރިއަށްދަނީ ފިނިހަކަ ސްޕީޑްގައި ކަމަށެވެ.
ފެނަކައިގެ އެމްޑީޕީ ސައީދު ޓެގް ކުރައްވާ ރާއީ ވިދާޅުވެފައިވަނީ އަބަދު "މަންމަނަކަށް" ވެގެން ނުހުރެވޭނެކަމަށެވެ.
ބައެއް ދާއިރާ ތަކުގެ ޕްރޮޖެކްޓްތަށް ދަނީ ފިނިހަކަ ސްޕީޑްގައި، ކޮންޓްރެކް ކުރެވިފައިވާ މުއްދަތު ފަހަނަ އަޅާ، ގިނަ މަސައްކަތް ތަށް ވަނީ ހުއްޓިފައި، ނޫނީ ވާނުވާ ގައި، ކޮންޓްރެކްޓް ކުރެވޭ ގޮތުން ދެން ހެދޭނެ ގޮތެއް ނެތިފައި. @myfoona
މަންމަނަކަށްވެ ތާއަބަދަށް ނުހުރެވޭނެ 🙏— Mohamed Raee / Makunudhoo Constituency (@Mraee12) February 12, 2022
ސަރުކާރު ކުންފުނިތަކާ ހަވާލު ކޮށްގެން ރަށްރަށުގެ ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދެއެވެ. އަދި މިގޮތުން ކުންފުނިތަކަށް ހަވާލުކުރެވޭ މަސައްކަތް ތިންވަނަ ފަރާތަކަށް ހަވާލުކޮށްގެންވެސް ކުރިއަށް ގެންދިއުމަށް އެއްބަސްވުންތައް ހެދެއެވެ.